މަސައްކަތް
ނަންބަރު: GS43-B/2016/46
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
06 ޑިސެންބަރު 2016 13:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންނާއި ސްޓާފުން ބޭނުންކުރާ ފާޚާނާތައް މަރާމާތުކުރުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ދަރިވަރުންނާއި ސްޓާފުން ބޭނުންކުރާ ފާޚާނާތައް މަރާމާތު ކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (10.11.2016) GS43-B/2016/40 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަނާޅާތީ ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
29 ޞަފަރު 1438
29 ނޮވެންބަރު 2016