މަސައްކަތް
ނަންބަރު: GS135/IUL/2016/24
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 04 ޑިސެންބަރު 2016 11:30
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން:

2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިފައިގެން މި ސްކޫލަށް ހާޒިރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މަޢުލޫމާތު ދިނުމުގެ ސެޝަން

2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 11:30

2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 11:30

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ 6600020 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                               

28 ނޮވެންބަރު 2016