މަސައްކަތް
ނަންބަރު: GS - 25/IUL/2016/28
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 13 ޑިސެންބަރު 2016 13:15
މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:15 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:15 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ކުންފުނި/ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި, އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

29 ނޮވެންބަރު 2016