މަސައްކަތް
ނަންބަރު: (IUL)416-ESMED/416/2016/82
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 04 ޑިސެންބަރު 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރާ ސެންޓަރުގައި ކުނި އަންދާނެ އަށިގަނޑު ހެދުމާއި، ބައެއް އެހެނިހެން މަސައްކަތް ކުރަން

މަޑަވެލި ކުނިމެނޭޖްކުރާ ސެންޓަރުގައި ކުނިއަންދާނެ އަށިގަނޑު ހެދުމާއި ބައެއް އެހެނިހެން މަސައްކަތް ކުރަން ބޭނުންވެއްޖެ

މި ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މަޑަވެލީ ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނި އަންދާނެ އަށިގަނޑު ދަގަނޑުން ހަދައިދިނުމާއި، މިހާރު ކުނި އަޅާ ސަރަޙައްދުގައިވާ ކުނިތައް ނަގައި ސާފުކުރުމާއި، ކުނިކޮށްޓަށް ދެވެން އޮތް މަގު ލެވެލް ކުރުމުގެ އިތުރުން ބައެއް އެހެނިހެން މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

10:00

އާދީއްތަ

4 ޑިސެންބަރު 2016

މަޢުލޫމާތު ސާފުކުރުން

10:00

ބުރާސްފަތި

8 ޑިސެންބަރު 2016

އަންދާސީހިސާބު ހުށަހެޅުން

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ނޮވެންބަރު 2016