ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-CCS/438/2016/272
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 15 ޑިސެންބަރު 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިޔުނިކޭޝަންސް އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓް

އިޢުލާން

ކޮމިޔުނިކޭޝަންސް އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށްގެންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ކޮމިޔުނިކޭޝަންސް އެންޑް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރއެއް ޢައްޔަނުކުރުމަށް ބޭނުންވެއެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް، މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، ތިމާވެއްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ.

މަސައްކަތުގެ  މަސްއޫލިއްޔަތަކާއި  އެހެނިހެން  ތަފްސީލް  ހިމެނޭ،  މަސައްކަތުގެ  ޓާރމްސް  އޮފް  ރިފަރެންސް،  މި  މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މުސާރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/18،500 ރުފިޔާގެ އުޖޫރައެއް، ކޮންމެ މަހަކު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ނިޔަލަށް، ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ އެޑްރެސް:

ހިއުމަން ރިސޯސަސް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

ފޯން:  3018300

ފެކްސް: 3018301

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016