މަސައްކަތް
ނަންބަރު: ADMHR-MPL/2016/140
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 12 ޑިސެންބަރު 2016 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގއ.ކޮނޑޭއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން

އިޢުލާން

ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ތިރީގައިމިވާ ޚިދުމަތްތައް ގއ.ކޮނޑޭއަށް ދޭނެ އޭޖެންޓެއް ބޭނުންވެއެވެ.

1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.

2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުން.

3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.

4. ޕޯސްޓް ކާރގޯގެ ގޮތުގާއި ލިބޭ، ފޮނުވާ މުދަލާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.

5. ސްޓޭމްޕް ވިއްކުން.

6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

- ވިޔަފާރިކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/500  (އޭޖެންސީ އުޖޫރަ)

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެ.

ހުށަހަޅަންޖެހޭ ތަކެތި.

1.ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުން.

2.ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީއާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ކްލަބް، ޖަމްޢިއްޔާ، ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީއާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.                            

މިކަމަށް ޝައުޤުވެރި ވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓް ކަމަށްއެދި" މިހެއް ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގްގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާޓްމަންޓަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މި ކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ ފޯނު ނަންބަރު 3009159  އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

28 ޞަފަރު 1438

29 ނޮވެންބަރު 2016