ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/55
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި:
15 ޑިސެންބަރު 2016 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)
ވަޒީފާގެ ފުރުޞަތު
މި ސްކޫލްގެ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ. |
|
މަޤާމު |
މަސައްކަތު ( ވަގުތީ ) |
މުއްދަތު |
6 މަސް |
ބޭނުންވާ ޢަދަދު |
1 |
މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން |
އުނގޫފާރު ސްކޫލް/ އެޑްމިނިސްޓްރޭޝަން |
ރޭންކް |
އެސް.އެސް 1 |
ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- މަދުވެގެން ހަފުތާއަކު އެއްފަހަރު ހުރިހާ ކްލާސްރޫމްތަކުގެ ފަންކާތައް ފޮޅައި ސާފުކުރުން
- ހުރިހާ އިމާރާތެއްގެ ދިޔަދޮވި މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން
- ހުރިހާ އިމާރާތެއްގެ ކަތިފިލާތައް މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން
- ކޮންމެ ދުވަހަކު ގަސްތަކަށް ފެންދިނުން
- މަދުވެގެން މަހަކު އެއްފަހަރު ގަސްތައްކޮށައި ހެދުން
- ފާޚާނާތަކުގެ ކުދިކުދި މަރާމާތުތައްކުރުން
- ދިމާވާ އެކިއެކި ކަންތަކުގައި ސްކޫލަށް އެއްބާރުލުން ދިނުން.
ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދްމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް މި ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤުހުރި ގޮތް ބަޔާންކުރާ ފޯމު".
އިތުރު މައުލޫމާތް
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580262 މި ނަންބަރު ފޯނާއެވެ.
- ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މި މަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
- މި މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.
- ތަޢުލީމާއި ތަމްރީނު
- މަސައްކަތު ތަޖުރިބާ
- މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައި އޮންނަ ގަވާއިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި:
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނެއެވެ.
އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔުކުރުން އޮންނާނެ ތާރީޚާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެ ވާހަކަ ދަންނަވަމެވެ.
28 ޞަފަރު 1438
28 ނޮވެންބަރު 2016