މަސައްކަތް
ނަންބަރު: (IUL)241-B/241/2016/52
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 06 ޑިސެންބަރު 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީރާގެ ކަލެކްޝަން ސެންޓަރު މަރާމާތުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މީރާގެ ކަލެކްޝަން ސެންޓަރު މަރާމާތުކުރާނެ ފަރާތެއް ހޯދުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރުގެ ގޮތުގައި ހަމަޖެހިފައިވާ މި އިދާރާގެ އޮފީސް އިމާރާތުން ކަނޑައެޅުނު ބައި މީރާއިން ދީފައިވާ ކުރެހުންތަކާއި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް   %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް       % 15       
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް     % 15     
  • މާލީ ތަނަވަސްކަމަށް             % 10         

މިހެންވެ މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016