ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/275
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 06 ޑިސެންބަރު 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ފާމަސިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާއާއި -/5100 ރުފިޔާ ދެމެދުގެ އަދަދެއް، ތަޢުލީމީ ފެންވަރަށް ބަލައިގެން ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހުޅުމާލެ ފާމަސީ /މެޑިކަލް ޑިޕާޓްމަންޓް

އެހެނިހެން ޢިނާޔަތްތައް:

1. އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަމަޖައްސައިދެވޭނެއެވެ.

2. އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

3. މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް އެލަވަންސް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

4. ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.

5. މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

1. ބޭސް ދޫކުރުން.

2. ކޭޝް ބިލާއި، ކްރެޑިޓް ބިލް ހެދުން.

3. ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން.

4. ހަރުތަކުގައި ބޭސްޖެހުން.

5. މުއްދަތު ހަމަވާ ބޭސްތައް ބަލައި ޗެކްކުރުން.

ތަޢުލީމީ ތަޖުރިބާ:

1. އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން.

2. ކޮމްޕިއުޓަރ ސްކިލްސް (ވޯޑާއި އެކްސެލް)

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

4. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ސުންގަޑި:
-
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 6 ވަނަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

1. ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.

2. މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.

3. މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.

4. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

5. ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344368، 3344179 

ފެކްސް: 3344041

ވެބްސައިޓް: www.sto.mv

އީމެއިލް އެޑުރެސް: [email protected]

29 ޞަފަރު 1438

29 ނޮވެންބަރު 2016