ދިވެހިރާއްޖެ
އިޢުލާން
ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ
ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލް ޓީވީގެ ޚިދުމަތް ރީބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ކަނޑިތީމު ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)271-ESMS/271/2016/32 (01 ނޮވެމްބަރ 2016) އިޢުލާނާއިގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތަށް ފުރިހަމަކޮށް ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ނެންގެވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ގަޑި |
ތާރީޚު |
ޓާރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ ކައުންޓަރ އަދި މެއިލުން) |
ހެނދުނު 9:00 އިން މެންދުރު 12:00 އަށް. |
1 ޑިސެންބަރު 2016 އިން 11 ޑިސެންބަރު 2016 އަށް. |
އަންދާސީހިސާބު ހުށަހެޅުއްވުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ) |
ހެނދުނު 11:00 |
16 ޑިސެންބަރު 2016 |
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6540041 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް އެޑްރެހަށް: [email protected] ، [email protected] އީމެއިލް ކުރެއްވުމުންވެސް ލިބިލައްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޞަފަރު 1438