ނީލަން
ނަންބަރު: FNK-B/IUL/2016/364
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 08 ޑިސެންބަރު 2016 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުމާބެހޭ

އިޢުލާން

ނީލަން ކިއުމާބެހޭ

އައިޓީ އާގުޅޭ ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކުމަށްޓަކައި 15 ނޮވެންބަރު 2016 ގައި ކުރި ނަންބަރު FNK-B/IUL/2016/321 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/2,000 (ދެހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/100 (އެއްސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް، 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ.

މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެ ތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ހަތަރުވަނަ ފަހަރަށް ކިޔާ ނީލަމުގައި އެ ފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. 

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016