ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS03/2016/27
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 06 ޑިސެންބަރު 2016 11:00
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ

އިޢުލާން

2017 ވަނަ އަހަރަށް ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ:

މި ސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ފުރަތަމަ ކުރެވުނު ނަންބަރު GS03/2016/26 (17.11.2016) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސްޓޭޝަނަރީ ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

01 ޑިސެންބަރު 2016