ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މެނޭޖަރ، އެކައުންޓްސް
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/24،000 ރުފިޔާއާއި -/26،000 ރުފިޔާއާ ދެމެދު
ފެންވަރު ނުވަތަ ޝަރުޠު:
1. އެކައުންޓިންގެ ދާއިރާއިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
3. މައިކްރޯސޮފްޓް އެކްސެލް، ކުއިކް ބުކްސްއާއި، އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ http://pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)
ހަވީރީ ހިނގުން، މާލެ.
ފޯނު: 1441
އީމެއިލް: [email protected]
28 ޞަފަރު 1438