ދިވެހިރާއްޖެ
އިޢުލާން
އަތްގާޑިޔާ ހޯދަން ބޭނުންވެއްޖެ
މި އިދާރާއަށް 2 އަތްގާޑިޔާ އަމިއްލަ ތަކެތީގައި ހަދައި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހުށަހަޅަންވީ ތަކެތި:
- ހުށަހަޅާ އަގު / އަންދާސީހިސާބު (2 އަތް ގާޑިޔާ ވިއްކޭނެ އަގު)؛ އަގު ހުށަހަޅުއްވާއިރު؛ ރަށާ ހަމަޔަށް (ގދ.މަޑަވެލީ ޖެޓީއާ ހަމަޔަށް) ގެނެސްދިނުން، އަދި މަޑަވެލީ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ގާޑިޔާ ތައްޔާރުކުރުމަށް ހިނގާނެ އެންމެހައި ޚަރަދާއި، އެންމެހައި ޓެކްސްތަކާއި ޗާޖުތައް ހިމަނަންވާނެއެވެ.
- ސަޕްލައިކޮށްދޭނޭ މުއްދަތު؛ މުއްދަތު ހުށަހަޅުއްވާނީ ދުވަހުންނެވެ. ރަށުން ބޭރުން ހޯދާ ސާމާނެއް، މުދަލެއް ނުވަތަ ޚިދުމަތެއްނަމަ، އެކަމަށް ދުވަސް ހިމަނުއްވައިގެން މުއްދަތު ހުށަހެޅުއްވުން އެދެމެވެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު؛ ޕްރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުންތައް.
އަންދާސީހިސާބު އިވެލުއޭޓްކުރެވޭނެ ގޮތުގެ ތަފުސީލު:
* އަގަށް: 85 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)
* މުއްދަތަށް: 10 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކްސް)
* ތަޖުރިބާ: 5 ޕޮއިންޓް
ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއަށް 2 އަތްގާޑިޔާ ވިއްކަން ނުވަތަ އަމިއްލަ ތަކެތީގައި 2 އަތް ގާޑިޔާ ހަދައި ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ރަސްމީ ގަޑީގައި 6840006 ނަންބަރު ފޯނާ ގުޅުން އެދެމެވެ.