ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އދ.ދިގުރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެކިއެކި ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކަައި ކާންދޭނެ ފަރާތެއް ހޯދުމަށް މި ސަރވިސްގެ ނަންބަރު:171-H3(PU)/IUL/2016/163 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް އެ ފުރުސަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލައިފީމެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން އދ.ދިގުރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 13:00 އަށް އދ.ދިގުރަށް ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.