ކުއްޔަށް ހިފުން
ނަންބަރު: GS81(HR)/IUL/2016/56
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 12 ޑިސެންބަރު 2016 13:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމާގުޅޭ

އިޢުލާން

2017 ވަނަ އަހަރު، މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމާ ގުޅޭ

2017 ވަނަ އަހަރު، މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައިގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައިގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް ސިޓީ ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވައި ހުށަހަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016