ކުއްޔަށް ދިނުން
ނަންބަރު: (IUL)343-AS/343/2016/111
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 07 ޑިސެންބަރު 2016 10:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ކުއްޔަށް ބިން ދޫކުރުމާބެހޭ:

މިރަށުގެ ބަނދަރުގެ އިރުމަތީކޮޅުގެ ތޮށިން، ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރުމަށް 1200 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާ ބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް -/1 ރުފިޔާގެ ރޭޓުންނެވެ. މިގޮތުން، ބިން ކުއްޔަށް ދޫކުރެވޭނީ އަކަފޫޓަކަށް -/1 ރުފިޔާއަށްވުރެ ބޮޑުކޮށް ކުލި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް ހުށަހަޅުއްވާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރުދުވަހުގެ މުއްދަތަކަށެވެ.

ވީމާ، ބިން ކުއްޔަށް ހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 10:30 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00ގައި މި އިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ. މި ލިޔުމުގެ ބޭރުގައި "ބިން ކުއްޔަށް ހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

28 ނޮވެންބަރު 2016