މަސައްކަތް
ނަންބަރު: (IUL)MMPRC-HR/1/2016/62
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 01 ޑިސެންބަރު 2016 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

2017 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކޯޕަރޭޝަނުގެ 2017 ވަނަ އަހަރުގެ ކަލަންޑަރާއި، ޑައިރީ ބުކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC/1/2016/58) އިޢުލާނާއި، ޕްރޮމޯޝަނަލް މެޓީރިއަލްސްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު IUL)MMPRC/1/2016/59) އިޢުލާނާ ގުޅިގެން ފޯރުކޮށްދެވިފައިވާ ފަރުމާތަކަށް ބަދަލުތަކެއް ގެނެވިފައިވާތީއާއި، މި ދެންނެވި ދެ އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަލަންޑަރާއި، ޑައިރީ ބުކްގެ ބިޑް ކާމިޔާބު ކުރި ފަރާތުން އެ މަސައްކަތްކުރުމަށް އުޒުރުވެރިވާތީ އެ އިޢުލާންތައް ބާޠިލުކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ (http://www.visitmaldives.com/en/announcements) މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު އެކުލެއްވުމަށްފަހު، 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ، 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016