ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2017 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި މި ސްކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 9 ނޮވެންބަރު 2016 ގައި ކުރެވުނު ނަންބަރު (IUL)GS-90-B/PRIV/2016/1024 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ކޮންޕިއުޓަރލެބްގައެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 11:30 |
2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:30 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.