ޢާންމު މަޢުލޫމާތު
ނަންބަރު: MTDC/2016/03
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:25
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޢައްޔަންކުރެއްވުން

އިޢުލާން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ. އެގޮތުން ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން، 7 ނޮވެންބަރު 2016 ގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މ.އެގްޒީޓަރ، އަލްފާޟިލާ އިބްތިޝާމާ އަޙުމަދު ސަޢީދު، ބޯޑުގެ މެމްބަރުކަމުންނާއި ޗެއަރޕަރސަންކަމުގެ މަޤާމުން ވަނީ ވަކިކުރެވިފައެވެ.

އަދި 22 ނޮވެންބަރު 2016 ގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމަށް އަލްފާޟިލް ޢަލީ ނިޝާން ވަނީ އައްޔަންކުރައްވާފައެވެ.

ވީމާ، މިކަން މި ކުންފުނީގެ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ހިއްސާކުރަމެވެ.

27 ނޮވެންބަރު 2016