ޢާންމު މަޢުލޫމާތު
ނަންބަރު: MBA/IUL/2016/16
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 08 ޑިސެންބަރު 2016 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެމް.ބީ.އޭގެ ރައީސަކު އިންތިޚާބު ކުރުމާބެހޭ

އެމް.ބީ.އޭގެ ރައީސަކު އިންތިޚާބު ކުރުމާބެހޭ

2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި އެސޯސިއޭޝަންގެ ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާގައި ފުރިހަމަ މެންބަރު ކްލަބް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މި އެސޯސިއޭޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮކްސީ ފޯމު މި އެސޯސިއޭޝަނަށް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 12:30 ގެ ކުރިންނެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފޯމު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުން ފެށިގެން އަދި ޕްރޮކްސީ ފޯމު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:30 އަށް މި އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ނޮވެންބަރު 2016