މަސައްކަތް
ނަންބަރު: MGGA/GTL/2016/129
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 01 ޑިސެންބަރު 2016 13:00
މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ލިޓްލްމެއިޑް ވާރކިންގ ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަންގެ ލިޓްލްމެއިޑް ވާރކިންގ ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މި އެސޯސިއޭޝަންގެ ލިޓްލްމެއިޑް ކުދިންގެ ވާރކިންގ ޔުނިފޯމު (ޓީޝާޓް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 7 ނޮވެންބަރު 2016 ވަނަ ދުވަހު ކުރެވުނު އިޢުލާން (ނަންބަރު:MGGA/GTL/2016/114) އަށް އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި އެސޯސިއޭޝަނުން ދައްކާ ނަމޫނާ އަދި ދެވޭ މަޢުލޫމާތާ އެއްގޮތަށް މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. އަދި މިއީ މި މަސައްކަތަށް ކުރެވޭ ދެވަނަ އިޢުލާނަށް ވުމާއެކު، އެންމެ ފަރާތަކުން ބިޑު ހުށަހެޅި ނަމަވެސް، ބިޑް އިވެލުއޭޓްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން

ހ. ކްރެސެންޓް މޫން

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3317932

ފެކްސް: 3312701

އީމެއިލް: [email protected]

27 ޞަފަރު 1438

27 ނޮވެންބަރު 2016