ވަޒީފާގެ ފުރުޞަތު
ނަންބަރު: N9-HC/IUL/2016/03
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 12 ޑިސެންބަރު 2016 13:30
ގާދިއްފުށީ ޞިއްޙީ މަރުކަޒު. ތ. ގާދިއްފުށި
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކު: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް، ކަނޑައެޅިފައިވާ ރޭޓުން ރިސްކް އެލަވަންސް.

ޑިވިޜަން/ ސެކްޝަން:

އެޗް. އާރު ސެކުޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތ. ގާދިއްފުށީ ޞިއްޙީ މަރުކަޒު/ތ. ގާދިއްފުށި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައިވާ ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން.

2. މަރުކަޒުގެ ގޯތިތެރޭގައި ކުނީގެގޮތުގައި ނެގޭ ތަކެއްޗާއި، މަރުކަޒުގައި ކުނީގެގޮތުގައި އުކާލަންޖެހޭ ތަކެތި، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތައިލުން.

3. ޞިއްޙީ މަރުކަޒުގައިވާ އިމާރާތްތަކުގެ ފެންލައިޓާއި، ދޮރުފަތްތަކުގެ ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިއާއި، ފަރުނީޗަރުތައް، މަރުކަޒުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.

4. މަރުކަޒުން ފޮނުވަންޖެހޭ ލިޔުންތަކާއި، އެފަދަ އެހެންވެސް އެއްޗެއް އެހެން އޮފީހަކަށް ނުވަތަ ތަނަކަށް ފޮނުވުމަށް ހަވާލުކުރެވިއްޖެނަމަ، އިޚްލާޞްތެރިކަމާއެކު ލަސްނުކޮށް އެކަމެއް ކުރުން.

5. އެޓެންޑެންޓަކު ބަލިވެ ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުރެގެން ދަތިވާނަމަ، މަރުކަޒުގެ އެތެރޭގައި ފޮޅައި ސާފުކުރުމުގެގޮތުން އެޓެންޑެންޓުން ކުރަމުންދިޔަ މަސައްކަތް، މަރުކަޒުން ހަމަޖައްސާ އުސޫލަކުން ފަރުވާތެރިކަމާއެކު ކުރުން.

6. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.

7. މި މަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް ޢަމަލެއް ނުހިންގުމާއި، މި މަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން.

8. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މަރުކަޒުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކެރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރަޢްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މި މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ޑިސެންބަރުމަހު، ތ. ގާދިއްފުށީ ޞިއްޙީ މަރުކަޒުގައި.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780030 ނަންބަރު ފޯނާއެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016