މަސައްކަތް
ނަންބަރު: GS68/2016/41
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 01 ޑިސެންބަރު 2016 10:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
އިމާރާތްތަކާއި ވަށާފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ އިމާރާތްތަކާއި ވަށާފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

މި ސްކޫލުގެ އިމާރާތްތަކާއި ވަށާފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS68/2016/34 (15 ނޮވެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅުއްވާ ފަރާތުން ދުރުވެދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016