މަސައްކަތް
ނަންބަރު: (IUL)GS-202-F/GS-202/2016/1001
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 04 ޑިސެންބަރު 2016 11:00
ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

2017 ވަނަ އަހަރަށް މި ސްކޫލުގައި ކުރަންޖެހޭ ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. މަސައްކަތު މީހުންގެ ޖަގަހަ މަރާމާތުކޮށްދިނުން
  2. ކުދީންގެ ފާޚާނާ މަރާމާތުކޮށްދިނުން
  3. ސްކޫލުގެ ނޯޓިސްބޯޑު ހެދުން.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް ގެމަނަފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު، މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7983077 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                           65 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                     25 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް        5 ޕޮއިންޓް

4- މި ފަދަ މަސައްކަތުގެ ތަޖުރިބާ                     5 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

24 ނޮވެންބަރު 2016