ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-A/1/2016/221
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 02 ފެބުރުވަރީ 2017 02:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ރެހެންދި އެވޯޑް އެޕްލިކޭޝަން ފޯމު ހުށަހެޅުން

އިޢުލާން

މި މިނިސްޓްރީން ކުރި ނަންބަރު: (IUL)459-A/1/2016/213 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ޤައުމީ ތަރައްޤީއަށް އާދަޔާ ޚިލާފު ހިއްސާއެއްވާކަން ފާހަގަކުރެވޭ ގޮތަށް، ޤައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކޮންމެ އަހަރަކު "ރެހެންދި އެވޯޑު" ގެ ނަމުގައި އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން، އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުޞަތާއި، އޮފީސްތަކާއި ކުންފުނިތަކަށް، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ނަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ފޯމުގައި ހިމަނާފައިވާނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި، ޝަރުޠުތައް އެކުލެވޭ ލިޔުމާއި، އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ލިބޭނެއެވެ. އަދި އެޕްލިކޭޝަން ފޯމު މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 02 ޖަނަވަރީ 2017 އެވެ.

27 ޞަފަރު 1438

 

27 ނޮވެންބަރު 2016