ވަޒީފާގެ ފުރުޞަތު
ނަންބަރު: KACL/IULAAN/2016/04
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 01 ޑިސެންބަރު 2016 14:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލައުންޖް ހޮސްޓެސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލައުންޖް ހޮސްޓެސް

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ލ. ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލްޓައިމް ޝިފްޓް ޑިއުޓީ

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއި، އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ އަންހެނެއްކަމުގައިވުން.

 

މުސާރައާއި ޢިނާޔަތްތައް:

- އަސާސީ މުސާރަ: މަހަކު -/3،000 ރުފިޔާ.

- ޑެއިލީ އެލަވަންސް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 142/50 ރުފިޔާ.

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ޝިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގޭ ފަރާތްތަކަށާއި، މިފަދަ މަޤާމެއްގައި ވަޒީފާ އަދާކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

1. ލައުންޖަށް އަންނަ ގެސްޓުންނަށް މެހުމާންދާރީ އަދާކުރުން.

2. ލައުންޖްގެ ލިޔެކިޔުން ބެލެހެއްޓުން.

3. ލައުންޖުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

4. ޑެއިލީ ސޭލްސް ރިޕޯޓްތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. ލައުންޖުގައި ކުރެވޭ ހުރިހާ މަސައްކަތެއްގައި އެހީތެރިވުން.

6. މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާޙައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4. ޕޮލިސް ރިޕޯޓު

5. ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

7. ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

- 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

- ވަޒީފާއަށްއެދޭ ފޯމު ހުށަހަޅާނީ، ކައްދޫ އެއަރޕޯޓް އޮފީސް / ލ. ކައްދޫއަށެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި،  އިންޓަވިއު އޮންނާނެ ތަން:

- މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

- މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރާނީ، ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6800704 ނަންބަރު ފޯނަށެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016