މަސައްކަތް
ނަންބަރު: GS-148/IUL/2016/29
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:40
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި 2 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އައީ އެންމެ ފަރާތެއްކަމުން އެ އިޢުލާން ބާޠިލުކުރަމެވެ.

ހިމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު 18/2014 އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިމަންދޫ ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް މެނުވީ އަންދާސީހިސާބުގައި ބައިވެރިނުވެވޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތަކީ ކުންފުނީގެ ވެރިފަރާތް ނޫންނަމަ ކުންފުނީގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާ ދެމެދު 6660842 އަށް ގުޅައިގެން ނުވަތަ ހިމަންދޫ ސްކޫލަށް ހާޒިރުވެގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ހިމަންދޫ ސްކޫލް

ބުދަ

30 ނޮވެންބަރު 2016

11:00

އަންދާސީހިސާބު ހުށަހެޅުން

ހިމަންދޫ ސްކޫލް

ބުދަ

7 ޑިސެންބަރު 2016

11:00

23 ނޮވެންބަރު 2016