ވަޒީފާގެ ފުރުޞަތު
ނަންބަރު: KACL/IULAAN/2016/03
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 01 ޑިސެންބަރު 2016 14:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އެއަރޕޯޓް ފަޔަރފައިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޖޫނިއަރ އެއަރޕޯޓް ފަޔަރފައިޓަރ

ބޭނުންވާ އަދަދު

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، ލ. ކައްދޫ

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލްޓައިމް ޝިފްޓް ޑިއުޓީ

 

މަޤާމުގެ ޝަރުޠު:

1. އައި.ކާ.އޯ ގަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަރފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ފަސްޓްއެއިޑް ކޯހުން ފާސްވެފައިވުމާއި، މުއްދަތު ހަމަނުވާ މެޑިކަލް ސެޓުފިކެޓު އޮތުމާއި، އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓުން ފާސްވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން އިނގިރޭސިއާއި ހިސާބާ ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއެކު، މި މަޤާމަށް ބޭނުންވާ މެޑިކަލް ޓެސްޓުން ފާސްވުން.

 

މުސާރައާއި ޢިނާޔަތްތައް:

- އަސާސީ މުސާރަ: މަހަކު -/4،300 ރުފިޔާ.

- ޑެއިލީ އެލަވަންސް: މަސައްކަތަށް ނިކުންނަ ދުވަހަކަށް 177/25 ރުފިޔާ.

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ޝިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1. ބޭސިކް ފަސްޓްއެއިޑް ކޯސް ފުރިހަމަކޮށްފައިވުން.

2. ބޭސިކް ފަޔަރ ފައިޓަރ ކޯސް ފުރިހަމަކޮށްފައިވުން.

 

 

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

1. އެއަރކްރާފްޓް ރެސްކިއު ފަޔަރފައިޓިންގއާ ގުޅޭ މަސައްކަތް ކުރުން.

2. އެއަރޕޯޓުގެ ވަށައިގެންވާ ސަރަހައްދުގައި ވައިގެ ދަތުރުފަތުރާ ގުޅިގެން ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް އަބަދުވެސް ތައްޔާރުވެގެން ތިބުން.

3. ރެސްކިއު އެންޑް ފަޔަރފައިޓިންގ އިކްއިޕްމަންޓްސްތައް ހުރީ ތައްޔާރީ ހާލަތުގައިތޯ ބަލައި، ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުން.

4. މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާޙައުލުގައި، ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކައްދޫ އެއަރޕޯޓުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4. ޕޮލިސް ރިޕޯޓު

5. ޕާސްޕޯޓް ސައިޒުގެ ފޮޓޯ

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

7. ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.

ސުންގަޑި:

- 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

- ވަޒީފާއަށްއެދޭ ފޯމު ހުށަހަޅާނީ، ކައްދޫ އެއަރޕޯޓް އޮފީސް / ލ. ކައްދުއަށެވެ.

 

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އިންޓަވިއު އޮންނާނެ ތަން:

- މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

- މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރާނީ، ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6800704 ނަންބަރު ފޯނަށެވެ. 

24 ޞަފަރު 1438

24 ނޮވެންބަރު 2016