ދިވެހިރާއްޖެ
އިޢުލާން
އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.
1 ޖަނަވަރީ 2017 އިން ފެށިގެން 31 ޑިސެންބަރު 2017 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން، ގެ ކުއްޔަށް ދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު، ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.
- ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެންނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސް އާއި، މި ދެންނެވުނުފަދަ އަސާސީ އެންމެހައި ތަކެތި.
- ފެންނަގާވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ، އެކަން ހުންނަންވާނީ ޙައްލުވެފައެވެ.
- ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
- ހުސްވަގުތު އިށީނދެ ތިބުމަށާއި، ލިޔެކިޔުމުގެ ކަންކަންތައްތައް ކޮށް އުޅުމަށް ބޭނުންވާ ސާމާނު.
- ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
- މަދުވެގެން 1 ކޮޓަރި އެއަރކޯން ކޮށްފައި ހުރުން.
- ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.
- ރަށުގެ ޢާންމު ދިރިއުޅުމުގައި ޢާންމުކޮށް މުނިފޫހިފިލުވުމަށް މިޒަމާނުގައި ބޭނުންކޮށް އުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.
މިދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1438