ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފުމާބެހޭ:
2017 ވަނަ އަހަރަށް މި ސްކޫލަށް ގެއެއް (ފަރުނީޗަރާއެކު) ކުއްޔަށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު GS68/2016/37 (15 ނޮވެންބަރު 2016) އިޢުލާނަށް ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، ގެއެއް ކުއްޔަށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:15 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތެއް އަންދާސީހިސާބު ހުށަހަޅާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅާ ފަރާތް ހާޒިރުވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
24 ޞަފަރު 1438