ދިވެހިރާއްޖެ
އިޢުލާން
ކުނިކޮށީގެ އިންފާރު ރާނައި ފެންސް ޖެހުން
މި ކައުންސިލުން އަލަށް ހަދަން ގަސްތުކޮށްފައިވާ އައު ކުނިކޮށީގެ އިންފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)342/INDIV/2016/53 (25 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ކައުންސިލުން ހަދަން ގަސްތުކޮށްފައިވާ އައު ކުނިކޮށީގެ އިންފާރު އަމިއްލަ ތަކެތީގައި ރާނައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
23 ޞަފަރު 1438