މަސައްކަތް
ނަންބަރު: (IUL)GS118/2016/52
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 04 ޑިސެންބަރު 2016 13:00
ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާތަކާއި ބޯފެން ރައްކާކުރެވިފައިވާ ހަންތަކުގެ މަތީގައިވާ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 47/2016/(IUL)GS118 (10 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާތަކާއި ބޯފެން ރައްކާކުރާ ހަންތަކުގެ މަތީގައިވާ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00

2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016