މަސައްކަތް
ނަންބަރު: (IUL)438-PPS/438/2016/271
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 01 ޑިސެންބަރު 2016 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިޒައިން، ޑެވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އޮފް އަ ޑޭޓާރބޭސް ފޮރ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އޯޑިޓް އެންޑް ވޭސްޓް ޖެނެރޭޝަން އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމުގެ ހާލަތު ދެނެގަތުމަށްޓަކައި ސަރވޭތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި ސަރވޭތަކުގައި ކުނި މެނޭޖްކުރުމަށްޓަކައި ބޭނުންކުރަމުންދާ އާލާތްތަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރތަކަށް ޖަމާވަމުންދާ ކުނި އޮޑިޓްކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭނީ މި މަސައްކަތަށް ބޭނުންވާ ޚާއްޞަ ޑޭޓާބޭސްއެއް ތަރައްޤީކޮށްގެން ކަމަށްވާތީ މިކަން ކޮށްދޭނެ ފަންނީ ފަރާތްތައް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރީ ބިޑް ބައްދަލުވުން                   

މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި މި ދެންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޑިޒައިން، ޑިވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އޮފް އަ ޑޭޓާރބޭސް ފޮރ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އޯޑިޓް އެންޑް ވޭސްޓް ޖެނެރޭޝަން އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ނަންބަރު: IUL)438-PPS/438/2016/271)" 

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

އީމެއިލް: [email protected]  

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018422 / 3018343 ނަންބަރު ފޯނަށެވެ.

 

23 ނޮވެންބަރު 2016