ކުއްޔަށް ދިނުން
ނަންބަރު: 405-A/2016/47
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 01 ޑިސެންބަރު 2016 10:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

 އިޢުލާން

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާބެހޭ

މި އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ބޭނުންވެއްޖެއެވެ. މިގޮތުން، ކުއްޔަށް ދެވޭނީ، މީލާދީގޮތުން 1 އަހަރުދުވަހަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހު ހެނދުނު 10:00 ގައެވެ. ރުއްތައް ދޫކުރެވޭނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި މި ރުއްތައް ކުއްޔަށް ނަގާ ފަރާތުން 1 އަހަރުދުވަހުގެ ކުލި އެއްފަހަރާ ދައްކައިނިންމަންވާނެއެވެ. އަދި ރުކަކަށް ނުވަތަ ރުއްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް، ކުއްޔަށް ނަގާ ފަރާތުން ކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް ކުއްޔަށް ނެގި ފަރާތުން ކޮށްފިނަމަ، އެ ރުއްތައް އަނބުރައި ކައުންސިލަށް ނެގޭނެއެވެ. މިގޮތުން، ނަގާއިރު ކުއްޔަށް ނެގުމަށް ދެއްކި ކުލި (ފައިސާ) އަނބުރާ ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016