ކުއްޔަށް ދިނުން
ނަންބަރު: (IUL) 378/2016/59
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 05 ޑިސެންބަރު 2016 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ދ.ހުޅުދެލިން ބިމެއް ކުއްޔަށް ދިނުމާބެހޭ

ގޭސް ވިއްކުމަށް ހަމަޖެހިފައިވާ ބިން

ގޭސްވިއްކުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން:

ހުޅުދެލީ ލޭންޑްޔޫސް ޕްލޭނުގެ 11.3 އިން ފާހަގަކުރެވިފައިވާ ގޭސް ވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިން.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

10 އަހަރު

ޕްރީބިޑް މީޓިންގ ބާއްވާ ތާރީޚާއި ގަޑިއާއި ތަން:

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 10:00 ގައި ހުޅުދެލީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައި.

ބިޑް ހުށަހަޅަންވީ ތާރީޚާއި ގަޑި އަދި ތަން:

2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 ގައި ހުޅުދެލީ ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައި.

ބިޑާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

 

 

 

 

1- ބިޑް ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު ޕްރޮޕޯޒަލާއި، ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެއް ހުށަހަޅަންވާނެއެވެ.

2- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.

3- ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެ ފަހުން އަހަރީ ފީ ދެއްކި ރަސީދުގެ ކޮޕީ.

4- ވަކި ފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ، އެކަން އެނގޭނެ ލިޔުން.

6- ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑްފޯމުގައި ސޮއިކޮށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

1. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ފިންގަރޕްރިންޓް ޖެހި ލިޔުމެއް ހުށަހަޅަންވާނެއެވެ.

2. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

3. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައިގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކޮންކަމަކާ ގުޅޭ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ.

މި ބިމާ ގުޅިގެން މީގެ ކުރިން މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)378/2016/45 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށްފައިވާ ވާހަކަވެސް ދަންނަވަމެވެ.

24 ނޮވެންބަރު 2016