ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އިންޓްގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓްގެ މާއްދާއެއްގެ ކަރިކިއުލަމް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ބޭނުންވެއެވެ. މި މާއްދާ ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެޓްފިކެޓް ލެވެލް 3 އިން ޑްރިންކިންގް ވޯޓާރ އޮޕަރޭޝަންސް އެންޑް މެއިންޓެއިނަންސް ކޯހުގައެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ.
މި މަސައްކަތުގެ "ބިޑް ޑޮކިއުމަންޓް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް 2016 ޑިސެންބަރު 6 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 2016 ޑިސެންބަރު 8 އެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި ހުށަހެޅުން އެދެމެވެ.
" އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުން: IUL)438-PDU/438/2016/268) "
އަންދާސީހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018431 960+ ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: http://www.environment.gov.mv