މަސައްކަތް
ނަންބަރު: (IUL)GS83/2016/34
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 14 ޑިސެންބަރު 2016 11:00
މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ސެކިޔުރިޓީ ބެލެހެއްޓުމާގުޅޭ 

ކޮންޓެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް (01 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުމުގެ ސެޝަން

ބިޑް ހުށަހެޅުން

14 ޑިސެންބަރު 2016 ވާ ބުދަދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައި

25 ޑިސެންބަރު 2016 ވާ އާދީއްތަދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައި.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016