ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2016/113
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 06 ޑިސެންބަރު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަނެގެން ކައުންސިލާ ހަމައަށް ގެނެސްދިނުން

އިޢުލާން

މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަނެގެން ކައުންސިލާ ހަމައަށް ގެނެސްދިނުން

އަލަށް އާބާދުވެފައިވާ ސަރަޙައްދުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރި މި ކައުންސިލުގެ ނަންބަރު: (IUL)258/2016/106 (30 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ ތަކެތި ގަނެގެން މި ކައުންސިލަށް ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި ތަކެތި ގަނެގެން ކައުންސިލަށް ގެނެސްދިނުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

25 ބައްތި ދަނޑި ހެދުން.

1000 މީޓަރ ކޭބަލް 44 ގެ.

02 ރޯލް ފަތިކޭބަލް 2.5 ގެ.

25 ލައިޓް 4 ފޫޓުގެ 40 ވޯޓުގެ ދަގަނޑު.

10 ފޮޓޯސެލް 40 އެމްޕިއަރުގެ.

25 ސާކެޓް 6 އެމްޕިއަރުގެ.

800 މީޓަރ ވޯނިންގޓޭޕް.

22 ޞަފަރު 1438

22 ނޮވެންބަރު 2016