ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2016/109
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި:
23 ޑިސެންބަރު 2016 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ކެޕްޓަނުންނާއި، މެރިން މެކޭނިކުންނާއި، ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނުގެ މުއްދަތު އިތުރުކުރުމާގުޅޭ
އިޢުލާން
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 24 ވަނަ މާއްދާގެ "ހ" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 1 ޖަނަވަރީ 2017 އިން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ދަތުރުކުރާ އުޅަނދުފަހަރުގައި ކެޕްޓަނުންނާއި، މެރިން މެކޭނިކުންނާއި، ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރެވޭނީ ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ތަމްރީނުވުމަށް ބޭނުންވާ ހުރިހާ ފަރާތްތައް ތަމްރީނުކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ފެންނާތީ، 01 ޖުލައި 2017 އަށް މުއްދަތު އިތުރުކޮށް މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
23 ޞަފަރު 1438
23 ނޮވެންބަރު 2016