1. ފައުންޑޭޝަން ކޯހުގެ ދަރިވަރުންގެ ރެޖިސްޓަރީ ތައްޔާރުކުރުމާއި، އެ ރެޖިސްޓަރީ ބެލެހެއްޓުމާއި، އެ ރެޖިސްޓަރީ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
2. ޓެކްސްޓް ފޮތާއި، ކިޔަވައިދިނުމަށް ބޭނުންވާ އެހެނިހެން ތަކެތި، މުދައްރިސުންނަށް ސްޓޮކުން ނަގައިދިނުމާއި، އަނބުރާ ގެންނަންޖެހޭފަދަ ތަކެތި ހަވާލުކުރުމާއި، އެތަކެތި އަނބުރާ ހޯދުން.
3. ދަރިވަރުންގެ މާކްސްތަކާއި އެހެނިހެން ރިކޯޑުތައް ބެލެހެއްޓުން.
4. ފައުންޑޭޝަން ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ރިކޯޑް/ޓައިމް ޝީޓްތައް ތައްޔާރުކޮށް، އެތަކެތި ބަލަހައްޓައި، ހަމަޖެހިފައިވާ އުސޫލަކުން ފައިސާ ދިނުމަށްޓަކައި ބަޖެޓް ސެކްޝަނަށް ފޮނުވައި ބެލެހެއްޓުން.
5. ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން ދެއްވާ ނޯޓްސްތަކާއި، އެހެނިހެން ތަކެއްޗާއި، ޓެސްޓް ޕޭޕަރު ފަދަ ތަކެތި ޓައިޕްކުރުމާއި، ޗާޕްކުރުމާއި، ޓެސްޓްފަދަ ކަންކަން އިންތިޒާމްކުރުމާއި ބެލެހެއްޓުން.
6. ކޯހާބެހޭ މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް މަޢުލޫމާތު ދިނުން.
7. ކޯހާބެހޭ ފޯމުތައް އަނބުރާ ލިބުމުން، އެ ފޯމުތައް ޗެކްކޮށް، އެ ފޯމުތައް ބަލައިގަތުމުގައި އެހީވުމާއި، ބަލައިގަނެވޭ ފޯމުތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިޔުޓަރަށް އެންޓަރކުރުމުގައި އެހީތެރިވުން.
8. ސެކްޝަނަށް ލިބޭ ލިޔެކިޔުން ފައިލްކުރުމާއި، ލިބޭ ސިޓީއާއި ނޯޓާއި، /ފެކުހާ ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހޭ ވެރިޔަކު ވިދާޅުވާގޮތަކަށް ތައްޔާރުކުރުމާއި، މި ލިޔެކިޔުންތައް ފޮނުވުމަށް ޑިސްޕެޗާ ހަވާލުކުރުން.
9. އަހަރު ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތު ނެގުމުގައި އެހީތެރިވުން.
10. ގަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|