ކުއްޔަށް ހިފުން
ނަންބަރު: GS53/IUL/2016/33
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 27 ނޮވެންބަރު 2016 11:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި، 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް (1 އަހަރުދުވަހުގެ މުއްދަތަށް) މި ސްކޫލަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.

މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ގޭސް އުނދުން، އަދި ހިފައިގެންގުޅޭ ތަކެތި ހަމައަށްހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މިފަދަ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016