މަސައްކަތް
ނަންބަރު: GS146/IU/2016/38
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 01 ޑިސެންބަރު 2016 10:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން GS146/IU/2016/35 (09 ނޮވެންބަރު 2016) އާ ގުޅިގެން ބިޑް ހުށަހަޅާފައި ވަނީ ދެފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ބިޑް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016