ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ.ބާރަށު ''މަކްތަބުލްއަޙަދިއްޔާ'' 15 އަހަރުދުވަހުގެ މުއްދަތަށް، ކޮމިއުނިޓީ ގެސްޓްހައުސް، ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުން ފެށިގެން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ ނިޔަލަށް، ބަންދު ދުވަސްތައް ފިޔަވައި، ރަސްމީދުވަސްތަކުގެ 9:00 އިން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުށަހެޅުމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރި-ބިޑް މީޓިންގ 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މިި އިދާރާގައި އޮންނާނެއެވެ. ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 ރުފިޔާއެވެ.
ބިޑް ހުށަހަޅާނީ 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕްރީ-ބިޑް މީޓިންގަށް ހާޒިރުވާންވާނީ ބިޑްފޮތުގެ އަސްލު ހިއްޕަވައިގެންނެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހަވާލާދީ ބައިވެރިވެވޭނީ 1 ބިޑްފޮތަށެވެ. އެގޮތުން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ބިޑް ހުށަހަޅާ ފަރާތް ނޫން އެހެންފަރާތެއް ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި ޕްރީ-ބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2016/81 (27 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބޭއްވުނު ޕްރީ-ބިޑް މީޓިންގގައި އެކަށީގެންވާ އަދަދަކަށް ބައިވެރިވެފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޞަފަރު 1438