ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2016/67
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 29 ނޮވެންބަރު 2016 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށްދިނުން

އިޢްލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރެސްޓޯރެންޓް ކެފޭ ހިންގުމުގެ ޚިދުމަތްދިނުމަށް މިރަށުގެ ހުޅަނގުފަރާތުގޮނޑުދޮށުން ބަނދަރުގެ ދެކުނުކޮޅު އެއްގަމުތޮށީގައިވާ 3500 (ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ (ސަންސެޓް ރެސްޓޯރެންޓް ހިންގަމުންދާ) ބިން (މިހާރުހުރި ޢިމާރާތާއެކު) އަދި މި ބިމުގެ އިރުން އިންވެގެން މަގާ ހަމައަށް ބިމުގެ ދިގުމިނުގައި އޮތް 1248.1 (ބާރަސަތޭކަ ސާޅީސް އަށެއް ޕޮއިންޓް އެކެއް) އަކަފޫޓުގެ ބިން އިތުރުކުރުމުން، ޖުމްލަ 4748.1 (ހަތަރުހާސް ހަތްސަތޭކަ ސާޅީސްއަށެއް ޕޮއިންޓް އެކެއް) ބިން ކުއްޔަށްދޫކުރަން ކަނޑައަޅައިފީމެވެ.

ގިނަވެގެން 15 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމުގައި މިހާރުހުރި ރެސްޓޯރެންޓް ހިންގަމުންގެންދާ ޢިމާރާތާއެކު ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިނުމުގެ ގޮތުން މި ކައުންސިލުން ކުރި ނަންބަރު: (IUL)334/334/2016/51 (8 ސެޕްޓެންބަރު 2016) އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުން ފެށިގެން 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13.30 އާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 8:15 އިން 13:30 އާ ދެމެދު މި އިދާރާއިން ބިޑްފޯމު ގަންނަން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/500 ރުފިޔާއެވެ.

ބިޑާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 13:30 ގައި މި ކައުންސިލުގެ އިދާރާގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ބިޑް ހުށަހަޅާ ފަރާތުން ނޫންނަމަ، އޭނާގެ ފަރާތުން ހާޒިރުވާ ފަރާތަށް ބިޑް ހުށަހަޅާ ފަރާތުން ދޭ ލިޔުމެއް ބައްދުލުވުމަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

ބިޑް ހުށަހަޅާނީ 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:30 އަށް، ސިޓީއުރައެއްގައި ބަންދުކޮށް، މި ކައުންސިލުގެ އިދާރާއަށެވެ. ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ލިޔަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016