ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-EP/1/2016/206
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 31 ޑިސެންބަރު 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016

އިޢުލާން

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016

މައުރަޒު ބާއްވާ ތާރީޚު ފަސްކުރުން

4 ޑިސެންބަރު 2016 މި ތާރީޚުގައި ބޭއްވުމަށް އިޢުލާންކޮށްފައިވާ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބާއްވާ ތާރީޚު މިހާރު ވަނީ ފަސްކުރެވިފައެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މައުރަޒު ބާއްވާ ތާރީޚު ފަސްވުމާގުޅިގެން، ފޯމު ބަލއިގަތުމުގެ އެންމެފަހު ތާރީޚުކަމަށް ކަނޑައަޅާފައިވާ 2016 ނޮވެންބަރު 17 ވަނަ ދުވަހުގެ ފަހުންވެސް ފޯމު ބަލައިގަންނާނެއެވެ. މިހެންވެ މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުންނާއި، ސްޓޯލް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން، މި މިނިސްޓްރީއަށާއި، ރަށުކައުންސިލްތަކަށާއި، އަތޮޅުތަކުގައި ހުރި މި މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކަށް ފޯމު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. މިހާރު ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަންވާނެ ކަމުގައި ދަންންވަމެވެ. 

މައުރަޒު ބާއްވާ ތާރީޚު ހަމަޖެހުމާއެކު، ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚާއި، ތަކެތި ބަލައިގަތުމަށް ފަށާ ތާރީޚާއި، ތަކެތި ބަލައިގަތުމުގެ އެންމެފަހު ތާރީޚު އިޢުލާން ކުރެވޭނެއެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016