ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)331/331/2016/49
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 05 ޑިސެންބަރު 2016 13:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވޭޖް އެމްޕްލޮއިމަންޓް އުސޫލުން 1 އަހަރުދުވަހަށް މަސައްކަތު މީހެއް ހޯދުން:

މަޤާމް:

ވަގުތީ މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކ. ގާފަރު މަސްޖިދުލް މުއްތަޤީން

މަޤާމުގެ މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

މަޤާމް

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

އުޖޫރަ

މިސްކިތު މަސައްކަތު

އެސް.އެސް.1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 22/78 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް ބެލޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

* ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކުރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

* ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުންނަ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

* ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކާއި، ސެޓުފިކެޓުތަކުގެ ކޮޕީ.

* މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

* ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6641941 ނަންބަރު ފޯނާއެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016