މަސައްކަތް
ނަންބަރު: (IUL)GS-51-Dpt-101/INDIV/2016/37
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 27 ނޮވެންބަރު 2016 14:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް

މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކުރުމާބެހޭ:

މި މަދަރުސާގެ މިދަންނަވާ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

1- ބޯފެނުގެ ނިޒާމު ރަނގަޅުކުރުން.

2- ފާޚާނާ ނިޒާމު ރަނގަޅުކުރުން.

3- ވިއްސާރަ މޫސުމުގައި ރޫމުތަކަށް ފެންލީކުވުން ރަނގަޅުކުރުން.

4- ހެލްތު / ކައުންސިލްރޫމުގެ ވަގުތީ އިންތިޒާމުގެ މަސައްކަތް.

5- ކެމިސްޓްރީ ލެބް މަރާމާތުކުރުމުގެ ބައެއް މަސައްކަތް.

އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތްތައް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 14:00 އަށް

2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ.

22 ނޮވެންބަރު 2016