ދިވެހިރާއްޖެ
އިޢުލާން
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ
މި ސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހު މެންދުރުފަހު 13:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
| 
 
  | 
 ކޯސް  | 
 މާއްދާ  | 
| 
 1  | 
 ބެޗްލަރ އޮފް ޓީޗިންގ އިސްލާމް  | 
 ޤުރުއާން - 4 އިސްލާމިކް ސެކްޓްސް (އަލްފިރަޤް) އެސަސްމަންޓް އެންޑް އިވެލުއޭޝަން ރިސާރޗް މެތަރޑްސް  | 
| 
 2  | 
 ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް  | 
 ބިޒްނަސް ލޯ  | 
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
22 ޞަފަރު 1438