ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ހުޅުމާލޭ ގޮފީގައި 2017 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާޢަތު ސެޓުފިކެޓު 1
ޝަރުޠު:
1- ފަށާ ތަޢުލީމު ނިންމާފައިވުން (ގްރޭޑް 7 ނިންމާފައިވުން)
2- އުމުރުން 14 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.
މުއްދަތު: 2 މަސްދުވަސް
ޤިރާޢަތު ސެޓުފިކެޓު 2
ޝަރުޠު:
1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 1 ހަދައި ފާސްވެފައިވުން.
2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޤިރާޢަތު ސެޓުފިކެޓު 3
ޝަރުޠު:
1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 2 ހަދައި ފާސްވެފައިވުން.
2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.
މުއްދަތު: 1 އަހަރުދުވަސް (2 ސެމިސްޓަރ)
ޤާރީ ކަމުގެ އެޑްވާންސް ސެޓުފިކެޓު
ޝަރުޠު:
1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 3 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.
މުއްދަތު: 1 އަހަރުދުވަސް (2 ސެމިސްޓަރ)
ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޤުރްއާނާބެހޭ މަރުކަޒުގެ ހުޅުމާލޭ ގޮފިން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މަރުކަޒުގެ ހުޅުމާލޭ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. މަރުކަޒުގެ ހުޅުމާލެގޮފި ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހަވީރު 4.00 ން 6.00 އަށެވެ.
21 ޞަފަރު 1438